ގޯތީގެ ފައުންޑޭޝަން ޗެކްކުރުމާއި، އިންވަކިކޮށް ދިނުމަށް އެދޭ ފޯމް

މި ޚިދުމަތަކީ ހޯރަފުށިން އެކިއެކި ފަރާތްތަށް ދޫކޮށްފައިވާ ގޯތިތަކާއި ބިންތަކުގެ އިން ވަކިކޮށް ދިނުމާއި، ގޯތީގެ ވަށާފާރު ފައުންޑޭޝަންގެ މިންތައް ޗެކްކޮށް ދިނުމުގެ ގޮތުން ފޯރުކޮށް ދެވޭ ޚިދުމަތެކެވެ.

އެޕްލިކޭޝަން ފުރުމުގެ މަރުހަލާ ފެށުމަށް، އެޕްލައި ބަޓަން އަށް ފިތާލުމަށްފަހު އިރުޝާދުތަކާ އެއްގޮތަށް ކުރިއަށް ގެންދަވާ
ހޭދަވާ ވަގުތު ދުވަސް މިނެޓް ތެރޭ ނިމޭނެ

މި ޚިދުމަތަކީ ހޯރަފުށިން އެކިއެކި ފަރާތްތަށް ދޫކޮށްފައިވާ ގޯތިތަކާއި ބިންތަކުގެ އިން ވަކިކޮށް ދިނުމާއި، ގޯތީގެ ވަށާފާރު ފައުންޑޭޝަންގެ މިންތައް ޗެކްކޮށް ދިނުމުގެ ގޮތުން ފޯރުކޮށް ދެވޭ ޚިދުމަތެކެވެ.

ހުއްދައަށް އެދެވޭނެ ފަރާތްތައް

  • ހޯރަފުށިން ގޯތި / ބިމެއް ލިބިފައިވާ ކޮންމެ ފަރާތެއް

  • ހޯރަފުށިން ގޯތި / ބިމެއް ލިބިފައިވާ ކޮންމެ ފަރާތެއްގެ ބަދަލުގައި އެފަރާތަކުން ހަމަޖައްސާ ހުއްދަ ދީފައިވާ ކޮންމެ ފަރާތެއް.

1. ލޮގިން / ރަޖިސްޓަރ ކުރުން

އީފފާސް މެދުވެރިކޮށް ޚިދުމަތުގެ ޕޯޓަލްއަށް ވަދެވޭނެއެވެ.

2. ޚިދުމަތް އިޚްތިޔާރުކުރުން

ޚިދުމަތްތަކުގެ މެނޫއިން ލިބެންހުރި ފޯމުތަކުގެ ތެރެއިން "ގޯތީގެ ފައުންޑޭޝަން ޗެކްކުރުމާއި، އިންވަކިކޮށް ދިނުމަށް އެދޭ ފޯމް" އިޚްތިޔާރުކުރާށެވެ.

3. އެޕްލިކޭޝަން ފޯމު ފުރިހަމަކުރުން

ފޯމްގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރައްވާށެވެ.

4. ބޭނުންވާ ލިޔެކިޔުންތައް އަޕްލޯޑްކުރުން

ކަމާގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އެޓޭޗްކުރާށެވެ (ތިރީގައިވާ ލިސްޓު ބައްލަވާ). ޚިދުމަތް އަވަސް ކުރުމަށްޓަކައި މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރާށެވެ.

5. އެޕްލިކޭޝަން ހުށަހެޅުމާއި ޓްރެކްކުރުން

ތިބާގެ އެޕްލިކޭޝަން ހުށަހަޅާށެވެ. އީމެއިލް އަދި ޕޯޓަލްގެ އެންގުންތައް މެދުވެރިކޮށް އަޕްޑޭޓްތައް ލިބޭނެއެވެ.6. 

6. ކަނޑައެޅިފައިވާ ބޭންކް އެކައުންޓަށް ފައިސާ ދެއްކުން

ހުއްދަ ލިބުމުގެ ކުރިން ފައިސާ ދައްކަންވާނެއެވެ.

7. ޚިދުމަތް ފޯރުކޮށް ދިނުން

ފާސްވުމުން، ތިބާގެ އެދިލައްވާފައިވާ ޚިދުމަތް ފޯރުކޮށް ދިނުމަށް ކައުންސިލްގެ ފަރާތުން ޙާޟިރުވާނެ ތާރީޚާއި ގަޑި މި ޕޯޓަށް މެދުވެރިކޮށް އެންގޭނެއެވެ.

 

އަންނަނިވި ލިޔެކިޔުންތައް ޑިޖިޓަލް ފޯމެޓުގައި (ޕީޑީއެފް ނުވަތަ ޖޭޕެގް) ތައްޔާރުކޮށްފައި ހުރިކަން ކަށަވަރުކުރައްވާ:

  • ގޯތި / ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ

  • ޚިދުމަތަށް އެދޭ ފަރާތުގެ / ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ