ޢާއްމު ތަންތަނުގައި ވިޔަފާރި ކުރުމުގެ ހުއްދައަށް އެދޭ ފޯމް

މި ޚިދުމަތަކީ ހޯރަފުށީގެ ޢާއްމު ތަންތަނުގައި ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމަށްޓަކައި އެކަށައަޅާފައިވާ ޚިދުމަތެކެވެ. މި ޚިދުމަތަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ މަޢުލޫމާތުތަކާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ. އަދި ދޫކުރެވޭ ހުއްދައިގާ ބަޔާންކޮށްފައިވާ އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ. 

އެޕްލިކޭޝަން ފުރުމުގެ މަރުހަލާ ފެށުމަށް، އެޕްލައި ބަޓަން އަށް ފިތާލުމަށްފަހު އިރުޝާދުތަކާ އެއްގޮތަށް ކުރިއަށް ގެންދަވާ
ހޭދަވާ ވަގުތު ދުވަސް މިނެޓް ތެރޭ ނިމޭނެ

މި ޚިދުމަތަކީ ހޯރަފުށީގެ ޢާއްމު ތަންތަނުގައި ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމަށްޓަކައި އެކަށައަޅާފައިވާ ޚިދުމަތެކެވެ. މި ޚިދުމަތަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ މަޢުލޫމާތުތަކާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ. އަދި ދޫކުރެވޭ ހުއްދައިގާ ބަޔާންކޮށްފައިވާ އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ. 

ހުއްދައަށް އެދެވޭނެ ފަރާތްތައް

  • ކުންފުނިތައް

  • ފަރުދުންގެ ވިޔަފާރިތައް

  • ޕާޓްނަރޝިޕް ވިޔަފާރި

  • ކޯޕަރޭޓިވް ސޮސައިޓީ

 

ލޮގިން / ރަޖިސްޓަރ ކުރުން

އީފފާސް މެދުވެރިކޮށް ޚިދުމަތުގެ ޕޯޓަލްއަށް ވަދެވޭނެއެވެ.

ޚިދުމަތް އިޚްތިޔާރުކުރުން

ޚިދުމަތްތަކުގެ މެނޫއިން ލިބެންހުރި ފޯމުތަކުގެ ތެރެއިން " ޢާއްމު ތަންތަނުގައި ވިޔަފާރި ކުރުމުގެ ހުއްދައަށް އެދޭ ފޯމް" އިޚްތިޔާރުކުރާށެވެ.

އެޕްލިކޭޝަން ފޯމު ފުރިހަމަކުރުން

ފޯމްގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރައްވާށެވެ.

ބޭނުންވާ ލިޔެކިޔުންތައް އަޕްލޯޑްކުރުން

ކަމާގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އެޓޭޗްކުރާށެވެ (ތިރީގައިވާ ލިސްޓު ބައްލަވާ). ޚިދުމަތް އަވަސް ކުރުމަށްޓަކައި މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރާށެވެ.

އެޕްލިކޭޝަން ހުށަހެޅުމާއި ޓްރެކްކުރުން

ތިބާގެ އެޕްލިކޭޝަން ހުށަހަޅާށެވެ. އީމެއިލް އަދި ޕޯޓަލްގެ އެންގުންތައް މެދުވެރިކޮށް އަޕްޑޭޓްތައް ލިބޭނެއެވެ.

ކަނޑައެޅިފައިވާ ބޭންކް އެކައުންޓަށް ފައިސާ ދެއްކުން

ހުއްދަ ލިބުމުގެ ކުރިން ފައިސާ ދައްކަންވާނެއެވެ.

ހުއްދަ ލިބުން

ފާސްވުމުން، ތިބާގެ ހުއްދަ ޑިޖިޓަލްކޮށް ދޫކުރެވޭނެއެވެ އަދި ތިބާގެ ޑޭޝްބޯޑުން ޑައުންލޯޑްކުރެވޭނެއެވެ.

އަންނަނިވި ލިޔެކިޔުންތައް ޑިޖިޓަލް ފޯމެޓުގައި (ޕީޑީއެފް ނުވަތަ ޖޭޕެގް) ތައްޔާރުކޮށްފައި ހުރިކަން ކަށަވަރުކުރައްވާ:

  • ވިޔަފާރި ހުއްދަ

  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ